ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަހީދު ވަކިކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެޗްޑީސީގެ ބޯޑު މެންބަރުކަމުގެ މަގާމުން ޔޫސުފް ވަހީދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ޔޫސުފް ވަހީދު ވަނީ ސްޓެލްކޯގެ ބޯޑު މެންބަރަުކަންވެސް ކުރައްވާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެނައުމަކީ ޕީސީބީން ދޭތެރެ ދޭތެރެއިން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި ސ. ފޭދޫ، ނާޒުކީގޭ ޝަމްހޫޒާ އަހްމަދު ވެސް އިއްޔެވަނީ މަގާމުން ވަކިކޮށްފައެވެ.
