މިިލްބަން އިން އެމެރިކާގެ ޑެލަސް އަށް ދަތުރުކުރަމުންދިޔަ ކްވަންޓަސް އެއާވޭސްގެ ފްލައިޓެއްގައި، ފަސިންޖަރަކު ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ދަތްއެޅުމުގެ ސަބަބުން ފްލައިޓް ކުއްލި ގޮތަކަށް ޑައިވާޓްކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ފްލައިޓް ޖެއްސީ ފްރެންޗް ޕޮލިނޭޝިއާގެ ވެރިރަށް ޕަޕީޓޭ އަށެވެ.
ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފްލައިޓްގެ ތެރޭގައި ހަމަނުޖެހުން ހިންގި މި ފަސިންޖަރު ކޮންޓްރޯލްކޮށް، ބަންދުކުރީ ފްލައިޓުން ދަތުރުކުރި އެހެން ފަސިންޖަރުންގެ އެހީތެރިކަމާއެކުގައެވެ. އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މީހާ ވަނީ ކްރޫއެއްގެ ގަޔަށް ޖެހިގަނެ، އޭނާގެ ގައިގައި ދަތްއަޅާފައެވެ.
ފްލައިޓް ޕަޕީޓޭއަށް ޖެއްސުމާއެކު، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ. މި ހަމަނުޖެހުން ހިންގި ފަސިންޖަރަށް ވަނީ ކްވަންޓަސް އެއާވޭސްގެ އެއްވެސް ފްލައިޓަކުން ދެން ދަތުރު ނުކުރެވޭ ގޮތަށް ދާއިމީކޮށް ބޭންކޮށްފައެވެ.
"އަހަރެމެންގެ ކަސްޓަމަރުންނާއި ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަހަރެމެން އެންމެ އިސްކަންދޭ ކަންތައް. ފްލައިޓްތަކުގައި ހިންގާ މިފަދަ ނުރައްކާތެރި އަދި ބޭއަދަބީ އަމަލުތަކަށް އަހަރެމެން އެއްވެސް ވަރަކަށް ދުލެއް ނުދޭނަން،" ކްވަންޓަސްގެ ތަރުޖަމާނު ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވެއެވެ.
