ރައީސް ޑރ.މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިރުޝާދު ދެއްވަން ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕަކުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ބޭރުކުރައްވައިފިއެވެ.
މި ގްރޫޕުގެ އެޑްމިންއަކީ ހަމައެކަނި ރައީސް މުއިއްޒުކަމަށް މައުލޫމާތު ލިބިފައިވާއިރު އެ ގުރޫޕުން ނާޒިމް ބޭރުކުރެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
އަހްމަދު ނާޒިމަކީ މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން ސަރުކާރު ހިންގާ ޕާޓީގެ އިސް މެންބަރެކެވެ. ނާޒިމް މި ގްރޫޕުން ބޭރުކޮށްލާފައި މިވަނީ، ސަރުކާރުގެ ބައެއް ނިންމުންތަކާ ގުޅޭގޮތުންނާއި މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ބައެއް ކަންކަމާ ގުޅިގެން ހިޔާލުތަފާތުވުންތަކެއް އުޅޭކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ސަރުކާރުގެ ފަރާތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
