ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދާފައިވަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، އާއިޝަތު އަލްޔާ އަލީ (15އ) އެވެ.
ފުލުހުން ބުނީ މިހާރު އަލްޔާ ފެނިފައިވާކަމަށާއި، އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ބުނީ އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ މެއި 05، 2026 ވަނަ ދުވަހުގެ ހަވީރު 16:15 އެހާކަންހާއިރު ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އެ ކުއްޖާ މިހާރު ދިރިއުޅެމުން ދަނީ ހިޔާ ޓަވަރު 16 ގައި ކަމަށެވެ.
އަލްޔާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެގޮތުން އަލްޔާ ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށް އާންމުންގެ އެހީއަށް އެދިފައެވެ.
