މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި ނިޔާވެއްޖެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ އދ އަތޮޅުގެ މަންޓާ ޕޮއިންޓުގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި ނިޔާވެފައިވާ މައްސަލައެއް މިއަދު ހެނދުނު 09:59 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މިހާދިސާގައި ނިޔާވެފައި ވަނީ ޖަރުމަނު ވިލާތުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވެއެވެ.