ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 1:15 ހާއިރު ލ މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ހަތް މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓިފައިވަނީ ފަސް މީހުން ކަމަށް ފުލުހުން ބުނެއެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.