އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 4:41 ހާއިރު ކަމަށެވެ.
އަދި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ މީހެއް ނަމަވެސް މިހާތަނަށް އެއީ ކާކު ކަން ކަށަވަރު ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެމީހާގެ ހަށިގަނޑު މިހާރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ މަރުވި ސަބަބު އަދި ސާފުވާ ގޮތެއް ނުވެއެވެ.
އެ މީހާގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
