އިޒްރޭލުން އީރާނަށް ދިން ފުރަތަމަ ހަމަލާތަކުގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން ގައުމު ހިންގުމަށް ވަގުތީ ކައުންސިލެއް އެކުލަވާލައިފިއެވެ.
އީރާނުގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެކުލަވާލި މި ވަގުތީ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ޖުޑިޝަރީގެ އިސްވެރިޔާ އުލާމްހުސައިން މުހްސިނީ އީޖާއީގެ އިތުރުން ގާޑިއަން ކައުންސިލް ގެ މެންބަރެކެވެ.
ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވަނީ ލީޑަޝިޕް ކައުންސިލުން ވަގުތީ ގޮތުން ވެރިކަން ކުރި ނަމަވެސް، އެސެމްބްލީ އޮފް އެކްސްޕާޓްސް ކިޔާ 88 މެންބަރުންގެ ޕެނަލަކުން ވީހާވެސް އަވަހަކަށް އީރާނުގެ ގާނޫނުގައިވާ ގޮތަށް އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރާނެ ކަމަށެވެ.
1989 ވަނަ އަހަރު އިރާންގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ހަމަނާއީ އަވާހާރަވުމާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ހިތާމައިގެ 40 ދުވަހުގެ މުއްދަތެއް އިއުލާން ކޮށްފައެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
