މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ނުފުރި ތިބި ފަތުރުވެރިންނަށް އެހީތެރިވެ ދިނުމަށް ވިޒިޓް މޯލްޑިވްސްގެ ކައުންޓަރެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ފްލެއިޓްތައް ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިންނަށް ދިމާވާ ދަތިތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ހާއްސަ ކައުންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ޓީމުން ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަން ވަނީ ހާމަކޮށްފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން އެސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން ކެންސަލްވި ފްލައިޓް ތަކުން ދަތުރު ކުރަން ކުރިން ހަމަޖެހިފައި ތިބި ގިނަ ދަތުރުވެރިން ވަނީ އެއާޕޯޓިގައި ތާށިވެފައެވެ.
ފަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެހީތެރިވަމުންދާކަން ހާމަކޮށް މިނިސްޓާ އޮފް ޓުއަރިޒްމް އެންޑް އެންވާރަމަންޓް، ތޯރިގް އިބްރާހިމް ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ނުފުރިފައި ތިބި ފަތުރުވެރިންނަށް ރިސޯޓު ނުވަތަ ގެސްޓް ހައުސްއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްއޭސީއެލް އާއި މިނިސްޓްރީން މަސައްކަތް ކުރަމުން ދާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ރިސޯޓު ނޫނީ ގެސްޓްހައުސް އަށް އަނބުރާ ދާން ބޭނުން ނުވި ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން ބޭނުންވި ގޮތަށް ޓިކެޓް ބަދަލުކޮށް އެހެން ފްލައިޓަކުން ދަތުރުކުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް އެހީތެރިކަން ފޯރުކޮށްދެވުނު ކަން ހާމަކޮށްފައެވެ.
