ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ހުޅުމާލެ ހިޔާ 5 ވަނަ ޓަވަރުގައި އަލިފާޏުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހއްދުގައި ހުޅުމާލެ ފަޔާ ސްޓޭޝަން ފަޔާފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓަވަރުގައި ދިރިއުޅޭ މީހުން ސިޑިން ތިރިއަށް ފޭބުމަށް އަންގައި އާންމުން ސިޑިން ތިރިއަށް ފައިބަމުން އަންނަ ކަމަށް ވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހިޔާގެ 5 ވަނަ ޓަވަރުގެ 15 ވަނަ ބުރީގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައެވެ. އެ ތަނުގައި ރޯވި އަލިފާނާ އެކު އެ ވައިގޮޅީގައި ހުރި ހުރޮހާހޮޅިތަކެއް ވަނީ އަނދާފައެވެ.

މިހާރު އެ ފްލެޓްގައި ރޯވި އަލިފަން ނިއްވާލާފައިވާއިރު އެ ޓަވަރުގައި ދިރިއުޅޭ މީހުން ފްލެޓަށް ވަންނަމުން އެބަ ދެއެވެ. ކޮންމެ ފްލޯއެއްގެ 5 އަދި 6 ވަނަ އެޕާޓްމަންޓް ފިޔަވާ ހުރިހާ ބަޔަކަށް މީހުންނަށް ވަނުމުގެ ހުއްދަ ވަނީ ދީފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ވަގުތު 5 ވަނަ ޓަވަރުގެ ފެނުގެ ހިދުމަތް ވެސް ވަނީ ކަނޑާލާފައެވެ.