ބޯހިޔާވަހިކަމަކީ ކޮންމެ އާއިލާއެއްގެ ހައްގެއް ކަމަށާއި އަތްފޯރާ ފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް މި ސަރުކާރުން ތަނަވަސްކޮށްދޭނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ، 'ރެންޓް ޓު އޯން މޮޑެލް'ގެ ދަށުން 3000 ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުއްތަލިބު ވިދާޅުވީ، ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުގެ ފަރާތުން ބީއެމްއެލްއާ ބިން ހަވާލު ކުރީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކަމަށެވެ. ބީއެމްއެލް އާ ބިން ހަވާލުކޮށްފައި ވަނީ އިތުރު އެއްވެސް އަގެއް ނުހިމަނައި ކަމަށާއި އެ ބޭންކުން އަޅާ ހައުސިން ޔުނިޓުތަކަކީ މިހާރު ސަރުކާރުގެ އެކި ހައުސިން މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަކަށް ވެގެންދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއީ މުހިއްމު މަޝްރޫއެއް ކަމަށް މުއްތަިބް ފާހަގަކުރެއްވިއެވެ. ކޮންމެ އާއިލާއަކަށް ވެސް ބޯހިޔާވަހިކަމަކީ ވަރަަށް ބޭނުންތެރި ހައްގެއް ކަަމަށާއި ކޮންމެ އާއިލާއަކަށް ވެސް އަތް ފޯރާ ފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ތަނަވަސްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާލުވިއެވެ. އެ ގޮތުން އެކި ގިންތިތަކަށް ހާއްސަކޮށްގެން ބޯހިޔާވަހިކމަުގެ ޕްރޮޖެންޓްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ގައުމުގެ އިގްތިސޯދު އޮތް ހާލަތުގެ ސަބަބުން ސަރުކާރަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަން ހާމަކުރައްވަމުން މުއްތަލިބް ވިދާޅުވީ، ކުރީ ސަރުކާރުން ވަރަށް ބޮޑު އަދަދެއްގެ ދަރަނި ނަގާފައިވުމުން ލޯނު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބީއެމްއެލް އާ އެކު މި ޟަޗރޫއުއު ކުރިއަށް ގެންދަން ނިންމީ ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަހަށް ނިންމައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބީއެމްއެލްް އިން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ރަށެއްގައި އޭތީއެމް ބެހެއްޓުމަށް ފެށި މަޝްރޫއުވެސް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަން މުއްތަލިބް ފާހަގަ ކުރެއްވުއެވެ.

ބީއެމްއެލްއިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި 2700 ހައުސިން ޔުނިޓު ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ. މި ޔުނިޓުތަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ އަދި ސަރުކާރުން އިއުލާން ކުރާ ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކަށެވެ.