ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ކ.ދިއްފުށީގައި ގާއިމްކުރި އާ އިންޖީނުގެ މިއަދު ހުޅުވައިފިއެވެ.

ދިއްފުށީގެ އާ އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް) ކަމުގައިވާއިރު އާ އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓް (7،000 ކިލޯވޮޓް)އެވެ. އަދި އާ އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ދިއްފުށީގެ އާ އިމާރާތް ސްޓެލްކޯއިން ސަންވިލް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ 12،535،490.33 ރުފިޔާއަށެވެ. އެ އިންޖީނު ގޭގެ މަސައްކަތް ޖޫން 26، 2024 ފެށިއިރު އެ މަސައްކަތް ނިމިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

އާ އިންޖީޏުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހް ރަޝީދު އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.