ހދ. ނޮޅިވަރަމް ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު،އަޙުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދު الله މުއްތަލިބް އެވެ.

މި މަޝްރޫޢުގެ ދަށުން، 74,270 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއ،ި 362 މީޓަރުގެ ބޮޑުހިލައިގެބޭރުތޮއްޓެއް ލުމާއ،ި 238 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއ،ި 90 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމާއ،ި 394މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

އަދި ހަމަ އެހެންމެ 7,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއ،ި 779 މީޓަރުގެ ބޮޑުހިލައިގެރިވެޓްމެންޓެއް ޖެހުމާއ،ި 164 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 138.39 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެ ކެވެ.

ހދ. ނޮޅިވަރަމް ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމުގެ ތެރެއިން

2993 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަމް ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ޢާއްމުގޮތެއްގައި އުޅެނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައެވެ. ނޮޅިވަރަމަކީ ރަށްގިރުމާއި ބަނދަރު ގައި ކާރޫބާރު ބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއްކަމުން އެރަށު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން މި މައްސަލަތަކެއް ހައްލު ލިބިގެންދާނެ އެވެ.