މާފަންނު ބަސް ޓާމިނަލް ކައިރީ މިރޭ ހިނގި އެކްސިޑެންޓަގައި 3 މީހުންނަށް އަނިޔާޥި އިރު، އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެއެވެ.
މިރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައިވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ. އެ މީހުންގެ ތެރެއިން އަނިޔާވި 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައި ކަމަށާއި ދެން ތިބި ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންގެ ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.