ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމުގެ ކުށުގައި އެމެރިކާއާއި ދެކޮޅަށް ހިންގާ ތަހުގީގުތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ)ގެ ޗީފް ޕްރޮސެކިއުޓާ ފާތޫ ބިންސޫދާ އެމެރިކާއަށް އެތެރެވެވަޑައިގަތުމަށް މަސައްކަތްކުރެއްވުމުން، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވީސާ ހިފަހައްޓާ، ހުރަސްއަޅައިފިއެވެ.

ފާތޫ ބިންސޫދާގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އދއަށް އަދާކޮށްދެއްވަން ޖެހޭ ޒިންމާތަކާ، ސަލާމަތީ މަޖިލީހުގެ ކުރިމަތީގައި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ޖެހުމަށް މިކަމުގެ ސަބަބުން ހުރަހެއް ކުރިމަތިވާންޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ޗީފް ޕްރޮސެކިއުޓަރާ ޗީފް ޕްރޮސެކިއުޓަރުގެ އޮފީހަކީ ހާއްސަ އިމްތިޔާޒުތަކެއް ލިބިފައިވާ ފަރާތްތަކެއް ކަމަށާ، މަތިކުރެވިފައިވާ ޒިންމާތައް އަދާކުރައްވަމުންދާނީ "ޕްރެފެޝަނަލް" ކަމާއެކު ވަކި ފަރާތަކަށް ބުރަ ނުވެ، އަދި ވަކި ފަރާތަކަށް ގެއްލުން ނުވާ ގޮތަށްކަމަށްވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާ ހާރިޖިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، އެމެރިކާގެ އިސްތިގުލާލު ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް އެ ގައުމުން ކުރާނެ ކަމަށާ، އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ބޭ އިންސާނުން އައި.ސީ.ސީއިން ހިންގާ ތަހުގީގުން އެ ގައުމުގެ ސަލާމަތްކުރާނެ ކަމަށެވެ.