ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދު ދެނެގަތުމުގެ ސާވޭ ފަށައިފި
މާލެ ސަރަހައްދުގެ ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުކުރުމުގެ މިންވަރު ހުރިގޮތް ދެނެގަތުމަށްޓަކައި ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ހާއްސަ ސާވޭއެއް މިއަދު ފަށައިފިއެވެ.
މި ސާވޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގޭބިސީތަކުގެ އެވްރެޖް ހަރަދާއި، އެކި ކަންކަމަށް...