އެމެރިކާއިން ރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފި
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ހެލްތް...