"ނަތީޖާ ފެނުމުން އާވީ އުންމީދު، ފެނުނީ ރަނގަޅުކުރަން ހުރި ކަންކަން"
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނިކުތް ނަތީޖާ އިން މާޔޫސްވެވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ކުރެވޭ އުންމީދު އާވެ، ފެނިވަޑައިގަތީ ރަނގަޅުކުރަން ހުރި ކަންކަން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މި މަހުގެ...