މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި
ހދ. މަކުނުދޫގައި ތަރައްގީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މިއީ އެ އަތޮޅުގެ އެހެން ރަށްތަކާ ވަކިން އެކަހެރިކޮށް އޮންނަ އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި...