5 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ދިޔަވާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ މިއީ ފުވައްމުލަށް ސިޓީއަށް ދަތުރުކުރަމުންދިޔަ ރާސްތާ ނަމަކަށް ކިޔުނު ދޯންޏެއްކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް އެމްއެންޑީއެފްގެ ފަރާތުން ލިބިފައިވަނީ މިއަދު މެންދުރުފަހު 15:08 އެހާކަންހާއިރުކަމަށެވެ.
ފުލުހުން ބުނީ މި ސަޕްލައި ދޯނި ފުވައްމުލަކާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ މި ދޯނީގައި ދަތުރުކުރަމުން ގޮސްފައިވަނީ 4 ދިވެހިންނާއި 1 ބިދޭސީއަކާއެކު ޖުމުލަ 5 މީހުންކަމަށެވެ.
ފުލުހުން ބުނީ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިހާރު ފޯރުކޮށްދެމުން ދާކަމަށެވެ.
މި ދުވަސްވަރަކީ ކަނޑުތައް ގަދަ ދުވަސްވަރެއްކަމުން ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
