އިންޑިއާގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކޮށް، ރާއްޖެއަށް މުދާ ގެނެސްދޭ މެދުވެރިއެއްގެ ރޯލު އަދާކުރާ ގްލޯބަލް ދުކާން އިން މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަން ތައްޔާރުވެއްޖެއެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިއާގެ ބާޒާރުން ކުރާ ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށެވެ.

https://www.instagram.com/globalducan/

މިއީ އިންޑިއާގެ އެމެޒޯން، ފްލިޕްކާޓް، ނައިކާ އަދި މައިންތުރާ ފަދަ މަޝްހޫރު އީ-ކޮމާސް ވެބްސައިޓްތަކުން ވިޔަފާރިކުރާ ދިވެހިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށްވެގެން ދާއިރު ގްލޯބަލް ދުކާން އިން ގަންނަ ތަކެތި ރާއްޖެއަށް ގެނެސް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ މޯލްޑިވްސް ޕޯސްޓްގެ ލޮޖިސްޓިކްސް ނެޓްވޯކް މެދުވެރިކޮށެވެ.

މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓާ ގުޅިގެން އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް "ގްލޯބަލް ދުކާން" ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.