އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު މިހާރު އަދާ ކުރައްވަމުންދަނީ އާހިދު ރަޝީދުއެވެ. ރައީސް އޮފީހުން މިއަދު ވަނީ އޭނާގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާން ޖެހެނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދަމު 12ގެ ކުރިންނެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ. އެ އިއުލާނާ އެކު ކުރިމަތިލުމަށް އެދޭ ފޯމާއި ހުށަހަޅަން ޖެހޭ އެހެން ވެސް ލިޔެކިޔުންތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
މީގެ އިތުރުން ވެސް ރައީސް އޮފީހުން ވަނީ ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 އެވެ. އެ އިއުލާނާ އެކު ކުރިމަތިލުމަށް އެދޭ ފޯމާއި ހުށަހަޅަން ޖެހޭ އެހެން ވެސް ލިޔެކިޔުންތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
މިވަގުތު ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގައި ހުންނެވީ އައިޝަތު ހަސަންއެވެ. އައިޝަތު ހަސަން އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
