އަށް ގައުމެއްގައި ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށް ހުރިހާ ބޭފުޅުން ވެސް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ފަތްކޮޅު އެރުވި ބޭފުޅުންނަކީ:
- ކޮސޯވޯ - ލޫލްޒީމް ޕްލާނާ
- ޑޮމިނިކަން ރިޕަބްލިކް - ފްރެންސިސްކޯ މެނުއަލް ކޮމްޕްރެސް ހެރްނާންޑޭޒް
- ކިއުބާ - ޕެޓްރީޝިއާ ލަޒާރާ ޕެގޯ ގުއެރާ
- ސޯމާލިއާ - ޑރ. އަބްދުالله މުހައްމަދު އުޑޯވާ
- ސޮލްވޭނިއާ - ޓޮމާޒް މެންސިން
- ނަމްބިއާ - އެލެކްސް އެލް ޓުކުހުޕްވެލް
- ފިޖީ - ޖަގްނާތު ސާމީ
- ގަތަރު - ހަމަދު މުހައްމަދު އަބްދުﷲ އައްސަނަދު އައްދޯސަރީ
މިއަދުގެ މި ރަސްމިއްޔާތުތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް މަރުޙަބާ ދަންނަވައި، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
އަދި އެ ގައުމުތަކުން ވެސް ގުޅުން ބަދަހި ކުރުމާއި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރުންވެސް ޔަގީންކަން ދެއްވާފައި ވެއެވެ.
