މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކުރުމުގެ މަސައްކަތުގެ ދަށުން، މި ހިނގާ ޖުލައި މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ޖުމުލަ 13،509،453 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހު މަސްކިރުވި 23 ދޯންޏަކަށް އިއްޔެ ވަނީ 1،318،160 ރުފިޔާ ދޫކޮށްފައެވެ. ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، މި ފައިސާ ދޫކޮށްފައި ވަނީ ކަޅުބިލަމަސް ކިރުވި 23 ދޯންޏަށެވެ.

މި މަހުގެ 15 ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު، މަސްވެރިނނަށް ދޫކުރާ ފައިސާގެ އަދަދު މި ވަނީ އިތުރުވެފައެވެ. އެ ގޮތުން 15 ދުވަހުގެ ެތރޭގައި ޖުމްލަ 13.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، މި ދިޔަ ޖޫން މަހުގެ 30 ދުވަހުން މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައި ވަނީ 11.3 މިލިއަން ރުފިޔާއެވެ. ބެލެވޭ ގޮތުގައި މި އަދަދު އިތުރުވެފައިވަނީ މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެންނެވެ.

ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ކިރުވާ މަހަށް ވީހާވެސް އަވަހަކަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުންނެވެ. އެގޮތުން މިދިޔަ މެއި މަހު ޖުމުލަ 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ޖޫން މަހު 11.33 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

މިފްކޯއިން ބުނި ގޮތުގައި، މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެ