ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2026 މިއަދު ހެނދުނު 7:55 ހާއިރު ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ އަލީ އަބްދުﷲ އެވެ. އޭނާ ފެނުނު އިރު ވެސް އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.