ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ތޯރިގު އިބްރާހީމްގެ އިތުރުން އާދަމް ޝަރީފް އުމަރު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި އެވެ.
ތިން ބޭފުޅުންނަށް ވެސް ފޮރިން މިނިސްޓްރީގެ އެ މަގާމަށް އައްޔަންކޮށްފައިވާކަން ސަރުކާރުން ކަށަވަރުކޮށްދެއެވެ.
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ތޯރިގު އިބްރާހީމް ހުންނެވީ ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 ވަޒީރުންނެވެ. އެކަމަކު 5 މިނިސްޓްރީ މަދުކޮށްފައިވާއިރު ޑިފެންސް މިނިސްޓަރާ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއާއެކު ކެބިނެޓުގައި މިހާރު ތިއްބަވާނީ ޖުމްލަ 15 މިނިސްޓަރުންނެވެ.
10 މިިނިސްޓަރަކު އިސްތިއުފާ ދެއްވީ މިދިޔަ 4 އޭޕްރީލްގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ހުށަހެޅި ގޮތަށާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގަ އެވެ. އިންތިހާބު ނިމުމާ އެކު މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ބައެއް ކުންފުނިތަކުގެ ވެރިން ވެސް މަގާމުން ވަކިކޮށްފައިވެ އެވެ. އަދި ބައެއް ވެރިން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވެ އެވެ.
