އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަމަޒާން ބާޒާރު 2026 ގެ ލަކީ ޑްރޯ ގެ ނަސީބުވެރިޔާ ހޮވައިފިއެވެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ.

މި ލަކީ ޑްރޯ ނެގުން ކުރިއަށް ގެންގޮސްފައިވަނީ މާޗު 31 ވީ އަންގާރަ ދުވަހު، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގައެވެ. އެސްޓީއޯ ރަމަޒާން ބާޒާރު ލަކީ ޑްރޯ އިން ހޮވުނު ނަސީބުވެރިޔާއަށް 100،000 ރުފިޔާގެ އިނާމެއް ލިބިގެން ދިޔައެވެ.

އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ބޭއްވި ރަމަޒާން ބާޒާރު ކުރިއަށް ދިޔައީ މިދިޔަ އަހަރު ޑިސެމްބަރު 15 ން ފެށިގެން މާޗު މަހުގެ 18 ވަނަ ދުވަހު ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން ވަރަށް އަގުހުރި ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ. އެގޮތުން އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ، ފިލިޕްސް އަދި ރަސެލްސް ހޮބްސް ބްރޭންޑުގެ ގޭތެރޭގައި ބޭނުން ކުރާ ގިނަ ސާމާނަކުން ބޮޑެތި ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް މިފަދަ ވަރަށް އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުންދެއެވެ. އެސްޓީއޯ އިން ބުނީ އެސްޓީއޯގެ މިފަދަ ޕްރޮމޯޝަންތަކުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށް ދިނުމެވެ.