މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖައްސާ ފިލި މީހަކު ފުލުހުން ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ކަފިހުރަހެއްގެ މަތިން އަންހެނަކު ހުރަސް ކުރަމުން ދަނިކޮށް އެ މީހާގެ ގައިގައި ޖެހި، ވެއްޓުމުން ވެސް މަޑުނުކޮށް ދާ މަންޒަރެވެ.
އެ ހާދިސާ ހިނގާފައި ވަނީ އަތަމާ ޕެލަސް ކައިރީގައެވެ. ފުލުހުން ވަނީ އެ މީހާ ސައިކަލު ދުއްވަމުން ދިޔަ ރޫޓުގެ އެކި ވީޑިއޯ ކްލިޕްތައް ހިއްސާކޮށްފައެވެ. އަދި އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އާންމުންގެ އެހީއަށް އެދިފައި ވެއެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުމަށް އެދިފައި ވެއެވެ.
