މަޝްރޫމް ޕާސްތާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް މަގުބޫލު އަދި ތައްޔާރުކުރަން ވެސް ފަސޭހަ ކެއުމެކެވެ. ތާޒާ މަޝްރޫމްގެ މީރު ރަހައާއި ކްރީމީ ސޯހާ އެކު ކެއުމުގެ ތަޖުރިބާ ހިތްގައިމު ކޮށްދޭ މި ޑިޝްއަކީ ގޭތެރޭގައި ތައްޔާރުކޮށްލެވޭ ވަރަށް ފަސޭހަ ރެސިޕީ އެކެވެ. ގިނަ ވަގުތު ހޭދަ ނުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭ މި ރެސިޕީގެ އަޖުމަ ބަލާލަމާ ހިނގާށެވެ.
ބޭނުންވާ ތަކެތި:
- 1 ބޮނޑި ޕާސްތާ
- 200ގ ބަޓަން މަޝްރޫމް
- 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
- 4 ލޮނުމެދު
- 2 މޭޒުމަތީ ސަމުސާ ބަޓަރު
- 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
- ވިޕިން ކްރީމް
- 1/2 ޖޯޑު ގާނާފައި ހުރި ޗީޒް
- ލޮނު
ތައްޔާރުކުރާނެ ގޮތް:
ބޮޑު ތެއްޔަކަށް ފެން އަޅައި، ލޮނު ކޮޅެއް އަޅާ ކައްކާށެވެ. ފެން ކެކި އަރައިގަތުމުން ޕާސްތާ އަޅާ ކައްކާލާށެވެ. ޕާސްތާ ފެނުން ނެގުމުގެ ކުރިން 1 ޖޯޑު ފެން ރިޒާވްކޮށް ބަހައްޓާށެވެ.
ސޯސްގަނޑު ތައްޔާރުކުރުމަށް ތަވައަކަށް ބަޓަރ އާއި އޮލިވް އޮއިލް އަޅައި، މެދު ގިނީގައި ހޫނުކޮށްލާށެވެ. ދެން ތުނިކޮށް ކޮށާފައިވާ ފިޔާ އަޅާ ރަން ކުލަ އަރަންދެން ބަހައްޓާށެވެ. ލޮނުމެދު ކޮށާ ނުވަތަ ގޭނުމަށްފަހު ތަވައަށް އަޅައި 1 މިނިޓް ވަންދެން ހަލަމުން ކައްކާށެވެ. ދެން މަޝްރޫމް ކޮޅު އަޅާލާ ލޮނާއި މިރުހާއެކު ރަނގަޅަށް ހާވާލާށެވެ.
އެއަށްފަހު ރިޒާވްކޮށްފައިވާ ޕާސްތާ ފެން ކޮޅެއް ތަވައަށް އަޅާށެވެ. ސޯސް ބޯކޮށް ހުންނަ ނަމަ ފެން ކޮޅެއް އިތުރަށް އެޅިދާނެއެވެ. ދެން ގާނާފައިވާ ޗީޒް ތަވަލަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ކައްކާ ފެނުން ނަގާފައިވާ ޕާސްތާ ތަވައަށް އަޅާ ސޯހާއެކު ރަނގަޅަށް އެއްކޮށްލާށެވެ.
