މިދިޔަ މަހު ފެށި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރުމުއްދަތެއްގެ ތެރޭގައި 15.44 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

މިމަޝްރޫއުގެ ދަށުން 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާރު 15 ހެކްޓަރުގެ ބިން ހިއްކައި ވަނީ ނިމިފައެވެ.

މިމަޝްރޫއު ހިންގުމަށް ބޮޑު ދެ ޑްރެޖަރު ދަނީ ބޭނުން ކުރަމުންނެވެ. މި ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރުގެ ހޮޕާ ކެޕޭސިޓީގަައި 35,500 ކިއުބިކް މީޓަރު ހުރި އިރު ދެން ބޭނުން ކުރަމުންދާ ޑްރެޖަރުގައި 22,000 ކިއުބިކް މީޓަރުގެ ހޮޕާ ކެޕޭސިޓީއެއް ހުރެއެވެ. މިހެންކަމުން މިދެ ޑްރެޖަރުގައި ބިން ހިއްކުމަށް ބޭނުންވާ ވެލި ސްޓޯ ކުރެވޭ ކެޕޭސިޓީ ބޮޑުވެ، މިމަސައްކަތް ހަލުވި ކަމާއެކު ނިންމާލުމުގެ ފުރުސަތު ބޮޑެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އެމްއޭސީއެލް އިން ފަށާފައިވަނީ މިިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.