ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 28 ގޮނޑި، އިންތިހާބާ ނުލާ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިއަދު އީލެކްޝަން ކޮމިޝަނުން ވަނީ އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާ، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ދާއިރާތަކުން އިންތިހާބުވި ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފައެވެ.
އެ ގޮތުން އިންތިހާބަކާ ނުލާ ޕީއެންސީ އަށް ކާމިޔާބުވެފައިވަނީ
- ހއ. ތުރާކުނު ކައުންސިލްގެ މެންބަރު - އިސްމާއީލް ޝާފިއު، ހއ. ތުރާކުނު / ނިޔަދުރުމާގެ
- ހއ. އުތީމު ކައުންސިލްގެ ރައީސް - އަބްދުﷲ ރަޝީދު، ހއ. އުތީމު / ލަކީކޯނާ
- ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އަޒީމާ އަބްދުއްސަމަދު، ހއ. އުތީމު / މުސްތަރީގެ
- ހއ. ބާރަށް ކައުންސިލްގެ ރައީސް - އަލީ ޝަމީމް، ހއ. ބާރަށް / ގޯލްޑަންހައުސް
- ރ. ފައިނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އާމިނަތު ސިޒްނާ، ރ. ފައިނު / ތާޖުމަހަލް
- ކިނޮޅަސް ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - މައުރޫފާ މޫސާ، ރ. ކިނޮޅަސް / ފިނިފެންމާގެ
- ބ. ދޮންފަން ކައުންސިލްގެ މެންބަރު - އަބްދުﷲ އަހްސަން، ބ. ދޮންފަން / އާވާޒް
- ބ. އޭދަފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - ނާޒްނީނާ ޔޫސުފް، ބ. އޭދަފުށި / ސީޓްމާ
- ބ. އޭދަފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - ޒީމާ އިބްރާހީމް، ބ. އޭދަފުށި / އަމާޒު
- ކ. ގުޅީ ކައުންސިލްގެ މެންބަރު - އަލީ ރަޝީދު، ކ. ގުޅި / މެރިންކޯނަރ
- އއ. ހިމަންދޫ ކައުންސިލްގެ މެންބަރު - މުހައްމަދު އަކްރަމް އަހްމަދު، އއ. ހިމަންދޫ / ބިއުޓީ
- އއ. ހިމަންދޫ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި - އާމިނަތު ސަރާ މުހައްމަދު އަޒީޒް، އއ. ހިމަންދޫ / އަސްރަފީގެ
- އދ. ކުނބުރުދޫ ކައުންސިލްގެ ރައީސް - މުހައްމަދު އަޒުމީ، އދ. ކުނބުރުދޫ / ރޯޝަނީގެ
- އދ. ކުނބުރުދޫ ކައުންސިލްގެ މެންބަރު - އިބްރާހީމް ނަހްޝަލް، އދ. ކުނބުރުދޫ / ގުލްހަޒާރުމާގެ
- އދ. މަންދޫ ކައުންސިލްގެ ރައީސް - މުހައްމަދު ސައީދު، އދ. މަންދޫ / ރަތްވިލާގެ
- އދ. ދިއްދޫ ކައުންސިލްގެ ރައީސް - އަނީސް މުހައްމަދު، އދ. ދިއްދޫ / މިޒަމާން
- އދ. ދިއްދޫ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އުއްމުހާނީ ހުސައިން، އދ. ދިއްދޫ / ސައްދާމުވިލާ
- ވ. ފުލިދޫ ކައުންސިލްގެ މެންބަރު - ހުސައިން ޝަބީން، ވ. ފުލިދޫ / ގުލްޗަންޕާމާގެ
- ވ. ފެލިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އާމިނަތު ސުނީޒާ، ވ. ފެލިދޫ / އޯކިޑްމާގެ
- ވ. ފެލިދޫ ކައުންސިލްގެ މެންބަރު - މޫސާ ޔާމީން، ވ. ފެލިދޫ / ކަނީރުމާގެ
- މ. ރަތްމަންދޫ ކައުންސިލްގެ މެންބަރު - ޙުސައިން ހަލީލު، މ. ރަތްމަންދޫ / ހަނދުވަރީގެ
- ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އާމިނަތު މަލްދާ، ތ. ވިލުފުށި / ކޮތަބިރިގެ ތ. ވިލުފުށި
- ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - ހައްވާ ޝުރުފާ، ތ. ވިލުފުށި / ބީޗްހެވަން
- ތ. ވިލުފުށި ކައުންސިލްގެ މެންބަރު - އަބްދުﷲ ސިރްހާން، ތ. ވިލުފުށި / ބުރުނު
- ތ. ވިލުފުށި ކައުންސިލްގެ މެންބަރު - އަބްދުﷲ ޝަހާއު، ތ. ވިލުފުށި / މިނިވަންއައްސޭރި
- ލ. މުންޑޫ ކައުންސިލްގެ ރައީސް - އާދަމް ނާޞިފު، ލ. މުންޑޫ / ޓިއުލިޕް
- ލ. މުންޑޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - ފާތިމަތު ސާޖިދާ، ލ. މުންޑޫ / ނަލަހިޔާ
- ލ. މުންޑޫ ކައުންސިލްގެ މެންބަރު - އަލީ ޝަފީއު، ލ. މުންޑޫ / އާހިޔާ
މީގެ އިތުރުން މި އިންތިހާބުގައި އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޝުޖާއު އާދަމް، އއ. ބޮޑުފޮޅުދޫ / ނޫވިލު ކާމިޔާބުކޮށްފައިވާއިރު ރ. ކިނޮޅަސް ކައުންސިލްގެ މެންބަރު އަދާލަތު ޕާޓީގެ ކެންޑިޑޭޓް، ހަސަން ޝުއައިބު، ރ. ކިނޮޅަސް / ވިނަވި ވަނީ ކާމިޔާބުކޮށްފައެވެ.
މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކުވެސް ވަނީ އިންތިހާބާ ނުލާ ހޮވިފައެވެ. އެގޮތުން އިންތިހާބާ ނުލާ ހޮވިފައިވަނީ އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، މުހައްމަދު ޔާސިރު، އދ. ހަންޏާމީދޫ / ބްލޫސްޓާ އަދި ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ނުހާ އަލީ ޒާހިރު، ށ. މަރޮށި / އޯޒޯން ވަނީ އިންތިހާބުވެފައެވެ.
