ވޯޓްލާން ފެށިތާ ހަތަރު ގަޑިއިރުގެ ތެރޭ 21 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް އެކުލަވާލާފައި ވަނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ. އެގޮތުން އެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 62083 މީހުން ވޯޓުލާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 28838 އަންހެނުންނާއި 33245 ފިރިހެނުންނެވެ.
މިއަދު ކުރިއަށްދާ ތިން އިންތިހާބުގައި 588 ވޯޓު ފޮށި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައެވެ. އެގޮތުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރާއިރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ.އެއީ 1،322 ކެންޑިޑޭޓުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކޮށްފައިވާ ކަމަށެވެ.
