ފޮރިން ސެކްރެޓަރީގެ މަގާމަށް ފާތިމަތު އިނާޔާ އަލުން އައްޔަން ކުރައްވައިފިއެވެ.
ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ އިނާޔާ އައްޔަން ކުރީ ޑިސެމްބަރު 12، 2023 ގައެވެ.
އެހެންނަމަވެސް މިދިޔަ މެއި މަހު އިނާޔާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހުންނެވީ ސެކްރެޓަރީގެ މަގާމުގައެވެ.
އިނާޔާއަކީ ފޮރުން ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. އިނާޔާ ވަނީ މީގެކުރިން ޑެޕިއުޓީ ފޮރިން މިނިސްޓަރުގެ މަގާމުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ފޮރިން ސާވިސް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.
