އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ވިއްކަމުންދާ ޑެވޮންޑޭލަށް ހާއްސަ ކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގައި ޑެވޮންޑޭލްގެ 1 ލީޓަރުގެ ކިރު ކޭހެއް ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ދޫކުރާ 30 ހާސް ކޫޕަން ހޯދުމުގެ ފުރުސަތު ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. މި ގުރުއަތުގައި ހޮވޭ 3 ފަރާތުގެ ތެރެއިން އިނާމުތަކުގެ ތެރޭގައި:

  • 1 ވަނައަށް ހޮވޭ ފަރާތައް- 50،000 ރުފިޔާ
  • 2 ވަނައަށް ހޮވޭ ފަރާތައް – 25،000 ރުފިޔާ
  • 3 ވަނައަށް ހޮވޭ ފަރާތައް – 15،000 ރުފިޔާ

މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓާ، އެސްޓީއޯ ހުޅުމާލޭ ހޯލްސޭލް އަދި އެސްޓީއޯ ވިލިމާލޭ ފިހާރައިންނެވެ. އަދި 1 ސެޕްޓެމްބަރު 2025 ން ފެށިގެން އެސްޓީއޯގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަށް މި ޕްރޮމޯޝަން ފުޅާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮގަސްޓް 2025 ން ފެށިގެން 31 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.