އެސްޓީއޯ އާއި މަކިޓާގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުމުގެ މުނާސާބަތް ވަރަށް ކުލަ ގަދަކޮށް ފާހަނގަކުރުމަށް އެ ކުންފުނިން މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ ކުރުމަށް މި މުނާސަބަތާއި ގުޅިގެން، ވަރަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ސެޕްޓެމްބަރު 30، 2025 ގެ ނިޔަލަށް މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަނަކީ އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުވީ ދިގު ޕާރޓްނާޝިޕް ފާހަނގަ ކުރުމުގެ ގޮތުން މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން އެސްޓީއޯ ކޮންސްޓްރަކްޝަންސުން ކުރިއަށް ގެންދާ ވަރަށް އަގުހުރި ޕްރޮމޯޝަނެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނުގައއި އެސްޓޯއޯ ކޮންސްޓްރަކްޝަންސުން ވިއްކާ މަކިޓާގެ ގިނަ ޕަވަރ ޓޫލްތަކަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމުގައެވެ.

1915 ވަނަ އަހަރު ޖަޕާނުގައި ތައާރަފް ކުރެވިގެންދިޔަ މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލް ތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު ކޮލެޓީ ބްރޭންޑުތަކެއްކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

މަކީޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ ކުރި އަރަމުން ދިއުމާއި އެކު، މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތައާރަފްކޮށްފައެވެ. މި ޕާޓްނާޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދު ނުކެނޑި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލް ތަކެއް ރާއްޖެއަށް ތައާރަފްކޮށްފައެވެ.