މި ސަރުކާރު ވެރިކަމަށް އައި ފަހުން ދައުލަތުގެ ދަރަނި ދަނީ އިތުރުވަމުން ކަމަށާއި މި އަހަރު ތެރޭ ދައުލަތުގެ ދަރަންޏަށް 12 ބިލިއަން ރުފިޔާ އިތުރުވެ ޖުމްލަ އަދަދު 156 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ، މިއަދު އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަުވުމުގައި މި ވަގުތު ރާއްޖޭގެ އިގްތިސޯދު އޮތް ގޮތް ހާމަ ކުރައްވައި ސަރުކާރަށް ފަޑުވިދާޅުވަމުންނެވެ.
އަމީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އިގްތިސޯދީ ގޮތުން ރާއްޖެ ވެއްޓެމުން އަންނަ ކަމަށާއި އެ ކަން ހާމަ ވެދާނެތީ މިދިޔަ އަހަރުތެރޭ މާލީ ހިސާބުތައް އާނމްުކުރުން ހުއްޓާލި ކަމަށާއި އަދި މިއަހަރު ތެރޭ މިހާރު އަންނަނީ މާލީ ހިސާބުތައް އޮޅުވާލަމުން ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ދަރަނި އިތުރުވި ކަމަށް ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިކަމުގައި ދަރަނި އިތުރުވީ ކޮވިޑްގެ ސަބަބުން ކަމަށް އަމީރު ވިދާޅުވިއެވެ.
މިހާރު ދުނިޔޭގެ އިގްތިސޯދި އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި ތެލުގެ އަގުވެސް މިހާރު މިއޮތީ 60 ޑޮލަރުގައި ކަމަށް އަމީރު ވިދާޅުވިއެވެ. އެހެން ގައުމުތަކުގެ އިގްތިސޯދު ރަނގަޅުވަމުން އަންނަ ދަނޑީވަޅެއްގަިއ ރާއްޛޭގެ އިގްތިސޯދު ދަށަށް ދިއުމަކީ ވަރަސް ކަންބޮޑުވާ ކަމެއް ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
އަމީރު ފާހަގަ ކުރެއްވި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ދަރަނީ 146.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި ދައުލަތުގެ ދަރަނި 1.2 ބިލިއަން ރުފިޔާ އިތުރުވި އިރު މި އަހަރު ތެރޭގައި 12 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. މި އަހަރު ނިމޭ އިރު ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި މިއީ ކޮވިޑްގައި ދަރަނި މައްޗަށް ދިޔަ މިންވަރަށް ވިރެ އިތުރު މިންވަރެއް ކަމަށް އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވަނީ ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސް އިން ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 500 އަށް ބޮޑުކޮށް އެ ކާޑުން އޮންލައިންކޮށް ބައެއް ސައިތްތަކުން ކުރާ ވިޔަފާރިތަކަށް 30 ޕަސެންޓްގެ ފީއެއް ނަގަން ނިންމި ނިންމުމާ މެދުވެސް ފާޑުކިޔާފައެވެ. މީގެ އިތުރުން ޑޮލަރުގެ އަގު ކަޅު ބާޒާރޫގައި އުފުލިގެން ދާ ދިއުމާއި ބޭންކަށް ޑޮލަރު މާރުކުރާ ގޮތަށް ނިންމުމުން ކަޅު ބާޒާރުގައި ޑޮލަރު އުފުލިގެން ދިއުމަށް ބަދަލެއް ނާންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
މި ވަގުތު ރާއްޖޭގައި ހިންގަމުން އައި ތަރައްގީގެ އެތައް މަޝްރޫއެއް ހުއްޓިފައި ހުރީ ބަޖެޓުގައި ފައިސާ ނެތުމުން ކަމަށާއި ސަރުޚާރު ކުންފުނިތަކާ އެކު މަޝްރޫތައް ހިންގުމަށް ސަރުކާރުން ސޮއި ކުރަމުން ދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
ރީނދޫ ޚުދުމުޚްތާރު ވެރިކަމުގައި، ކަލޭވެސް ބައިވެރިވެގެން ލޯނު ނަގާނަގާ މުޅިގައުމު ދަރަނި ދަންތޫރައެއްގައި ޖައްސާފަ ދެން މިހާރު ތިޔަ ކަހަލަ ވާހަކަ ދައްކަން ލަދުގަނެބަލަ.