ThePress.mv
ThePress.mv
މެންބަރު ހުސްނީގެ ރައްދު ނަޝީދަށް: ހޯމް ސްކޫލިން އަކީ ހަރުކަށި ފިކުރަށް ޖާގަދިނުމެއް ނޫން
                    <description>ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ހޯމް ސްކޫލިން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ތައުލީމީ ނިޒާމުގެ ތެރެއިންކަަމަށާއި އެއީ ހަރުކަށި ފިކުރަށް ނުވަތަ ވަކި ކަހަލަ ނޭދެވޭ ކަންކަމަށް ޖާގަ ދިނުމުގެ ގޮތުން ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ. 
މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރައްވަމުން ހުސްނީ މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯމް ސްކޫލިން ތައާރަފްކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ފާޑުވިދާޅުވެ، އެއީ އަންހެން ކުދިން ތައުލީމުން އެކަހެރިކުރުމުގެ ހީލަތްތެރި ރޭވުމެއް ކަމަށް ސިފަކުރެއްވުމާ ގުޅިގެންނެވެ.
ނަޝީދުގެ މިވާހަކައާއި ގުޅުވާ ހުސްނީ ވިދާޅުވީ ހޯމް ސްކޫލިން ދިނުމަކީ އެއްވެސް ހާލެއްގައި އަންހެން ދަރީން ތައުލީމުން އެކަހެރިކޮށް ގޭގައި ބައިތިއްބައިގެން ވަކި ގޮތަކަށް ތަރުބިއްޔަތުކުރުމަށް ފުރުސަތު ދިނުމެއް ނޫން ކަމަށެވެ. ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޖާރިޔާއިން އުފެއްދުމުގެ ހީލަތްތެރި ރޭވުމެއް ކަމަށް ނަޝީދު ވިދާޅުވި ވާހަކަ...</description>
ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
                    <description>ރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ސްޓްރޯކެއް ޖެހިގެން މިއަދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިލްވާނަށް ސްޓްރޯކެއް ޖެހުނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާ އަވަހާރަވީ އޭގެ ފަހުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިލްވާން އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން، އޭވިއޭޝަން، އަދި މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެނޭޖްމަންޓްގެ ދާއިރާއިން އޮސްޓްރޭލިއާގެ މެލްބަންގެ އާރުއެމްއައިޓީ ޔުނިވާސިޓީން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
ރިލްވާން ދިރާގާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ އެ ކުންފުނި އުފެދުނު އަހަރު ކަމަށްވާ 1988 ވަނަ އަހަރުއެވެ. އަދި އެ ކުންފުނީގެ ބޯޑުގައި ވެސް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު، ދިރާގުގެ ޗެއާމަންކަމުގެ މަގާމު ފުރުއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.
ރިލްވާން އަވަހާރަވުމާ...</description>
މިއަހަރު އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް: އޮސްޓްރޭލިއާ މާކެޓަށް ބޮޑު ކުރިއެރުމެއް
                    <description>މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމްލަ 1،797،060 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު "ޑެއިލީ އަޕްޑޭޓްސް" ރިޕޯޓުގައިވާ ގޮތުން، ރާއްޖެ ޒިޔާރަތްކުރި މީހުންގެ ތެރެއިން 1،762،751 މީހުންނަކީ ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނެވެ. މީގެއިތުރުން ވިޔަފާރި ދަތުރުތަކުގައި 17،248 މީހުން އަދި ކްރޫޒް ދަތުރުވެރިންގެ ގޮތުގައި 17،061 މީހުން ރާއްޖެ އެތެރެވި ކަމަށް ރެކޯޑުތަކުން ދައްކައެވެ.
މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،911 މީހުންނެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 2.9 ޕަސެންޓްގެ ދަށްވުމެކެވެ. 2025 ގެ އޮކްޓޫބަރުގެ ނިޔަލަށް 1،851،429 ފަރާތެއް ޒިޔާރަތްކުރި އިރު، 2024 ގެ މި މުއްދަތުގައި އައިސްފައި ވަނީ 1،683،543 ފަތުރުވެރިންނެވެ.
ނިމިދިޔަ އޮކްޓޫބަރު މަހަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ 17 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު އެކަނިވެސް...</description>
އޮކްޓޯބަރު މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި
                    <description>މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް 1،356 ޓަނަށް ވުރެ ގިނަ މަސް ކިރާފައިވާ ކަމަށާއި، މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ އޮކްޓޯބަރު މަހުގެ ރިޕޯޓުގެ ހިސާބުތަކަށް ބަލާއިރު، ޖުމްލަ 462 ދޯންޏަކުން ވަނީ 1،356.00 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައެވެ. އަދި އެ މަހަށް ވާ ފައިސާގެ ގޮތުގައި މަސްވެރިންނަށް ޖުމްލަ 30،038،039.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި މުއްދަތުގައި އެންމެ ގިނައިން ކިރާފައި ވަނީ ކަޅުބިލަމަހެވެ. އެގޮތުން 462 ދޯންޏަކުން 1،354.77 ޓަނުގެ ކަޅުބިލަމަސް ކިރާފައިވާއިރު، އެ މަހަށްވާ 30،007،339.00 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. ކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ ކަންނެލި އެއްވެސް ދޯންޏަކުން ކިރުވާފައި ނުވި ނަމަވެސް، 15 ކިލޯއިން މަތީގެ 1.23 ޓަނުގެ ކަންނެލި 5 ދޯންޏަކުން ވަނީ ކިރުވާފައެވެ. މި ކަންނެއްޔަށް ވާ 30،700.00...</description>
"ސާބިތު ނުހިފޭ ވާހަކަ ނުދައްކަވާ" - ރަސްމާލެ މަޝްރޫއާ ދެކޮޅު މެންބަރުންނަށް ނަޝީދު ފާޑުވިދާޅުވެއްޖެ
                    <description>ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅޫވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން ނުވިސްނެވި ނަމަވެސް ބައެއް ބޭފުޅުން އެ މަނިކުފާނުގެ ނަން ގެންނެވުމުން ވާހަކަދައްކަވަން މަޖުބޫރުވީ ކަމަށެވެ. އަދި އެ މަޝްރޫއަށް އެ މަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އީގަލް ހިލްސްއަށް ރަސްމާލެއިން 99 އަހަރަށް ބިން ދޭތީ، އެ މުއްދަތު ހަމަވުމުން ވާނެ ގޮތަކާ މެދު ބައެއް މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ނަޝީދު...</description>
ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުން ހަރުދަނާކޮށް، މާލީ އެހީތެރިކަން އިތުރުކުރަން ރާއްޖެއިން ގޮވާލައިފި
                    <description>ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، އެ ގައުމުތަކަށް ފަސޭހައިން އަދި ކަށަވަރުކަމާއެކު ލިބޭނެ ދިގު މުއްދަތުގެ މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިކަމަށް ގޮވާލެއްވީ، އެންޓީގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި އާދީއްތަ ދުވަހު ކުރިއަށްދިޔަ ކޮމަންވެލްތު މިނިސްޓީރިއަލް މީޓިން އޮން ސްމޯލް ސްޓޭޓްސްގެ ކޯ-ޗެއަރުގެ ހައިސިއްޔަތުން ދެއްވި ތަގުރީރުގައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުއިން އަރައިގަތުމަށްޓަކައި "އެންޓީގުއާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ އެސްއައިޑީއެސް" (އޭބީއޭއެސް) ފަދަ މިހާރު ހުރި ނިޒާމުތައް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށާއި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށާއި، ރައްކާތެރި މިންވަރެއްގައި ދަރަނީގެ މިންވަރު ދެމެހެއްޓުމާއި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، ތަރައްގީގެ ބައިވެރިންގެ އިތުރުން ޕްރައިވެޓް ސެކްޓަރާއެކު އޮންނަ ގުޅުން ވަރުގަދަކުރަންޖެހޭ ކަމަށް...</description>
ވޯޓަކަށް ނުގޮސް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާނަމަ މުޒާހަރާއަށް ނުކުންނަން އެމްޑީޕީން ފާސްކޮށްފި
                    <description>ރަސްމާލޭގައި ހިންގަން ނިންމާފައިވާ މޯލްޑިވަސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅޭ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު އެވެ. އަދި އެ ގަރާރަށް ތާއީދު ކޮށްފައި ވަނީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރުއެވެ.
މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއާމެދު ދެކޭ ގޮތް ބެލުމަށް އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި، އެފަދަ ވޯޓަކަށް ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ އެ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.
ގަރާރުގެ ބަހުސް ކުރިއަށް ގެންދިޔައިރު ގިނަ މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ނުރުހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްވާފައެވެ. އަދި މަޝްރޫއާ މެދު ރައްޔިތުން...</description>
ފ، ދ އަދި ތ އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
                    <description>ފ، ދ އަދި ތ އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި އެ އަތޮޅުތަކުގެ ރަށްތަކުގައި ދެމުންދާ ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ކުރެވެމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ސްޓެލްކޯގެ އަމާޒަކީ މި ތިން އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
https://x.com/stelcomaldives/status/2116885609671438388
ފެނަކަ ކޯޕަރޭޝަން އުވާލާ، އެ ކުންފުނިން ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައެވެ.
ކުރިން މާލެ ސަރަހައްދާއި، ކ، އއ، އަދި ވ. އަތޮޅުގައި އެކަނި ހިދުމަތް...</description>
ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
                    <description>ދައުލަތުގެ އިދާރާތަކުން ލިބެންޖެހި ނުލިބިވާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމް ހަމަޖައްސައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި އިންތިޒާމުގެ ދަށުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބިހުރި ބިލްތަކަށް އަޅައިކެނޑުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެގޮތުން، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާ ހާލަތްތަކުގައި، ސަރުކާރުން ދައްކަންޖެހޭ ފައިސާ ކެނޑުމަށްފަހު ބާކީވާ އަދަދު ޓެކްސްގެ ގޮތުގައި އެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭނެ ކަމަށް ވެއެވެ. 
ނަމަވެސް، ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ އަދަދު މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާއަށް ވުރެ އިތުރުވާ ނަމަ، ޓެކުހަށް ދައްކަންޖެހޭ ބައި އަޅައިކެނޑުމަށްފަހު ބާކީވާ ފައިސާ ސަރުކާރުން އެ ފަރާތަކަށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި...</description>
އެކުވެރި ގައުމުތައް ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަކީ ގައުމީ މަސްލަހަތު ގެއްލޭނެކަމެއް: ޝާހިދު
                    <description>ރާއްޖެއާ އެކުވެރި ގާތް ގުޅުންތައް ބާއްވާ ގައުމުތަކާއި ތަރައްގީގެ ބައިވެރިން ރާއްޖޭގެ އެތެރޭގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ވެއްދުމަކީ ގައުމީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށާއި، އެފަދަ ގުޅުންތައް ސިޔާސީ ވާދަވެރިކަމުން އެއްކިބާ ކުރަންޖެހޭ ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖާއި ސިޔާސީ ތަޅާފޮޅުންތައް އަމާޒުކުރަންވާނީ ސަރުކާރާ ދެކޮޅަށް ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ސަރުކާރުގެ ދެފުށް ނުފެންނަ، ނާޖާއިޒު އަދި ނޭއްގާނީ އުސޫލުތަކާއި ގައުމީ މަސްލަހަތަށް ގެއްލުންވާ ފަދަ ނިންމުންތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި، ސިޔާސަތުތަކަށް އަވަސްއަވަހަށް ގެންނަ ބަދަލުތަކާއި ޔޫ-ޓާންތައް، އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ވެފައިވާ އިހުމާލުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލުން މަތީ ދެމިތިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި މިފަދަ ކަންކަމުގައި ސަރުކާރު ޖަވާބުދާރީ...</description>
25،000 ރުފިޔާގެ އިނާމަކާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފި
                    <description>ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަގުހުރި ފައިސާގެ އިނާމުތަކަކާއެކު "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ ބީއެމްއެލްގެ ކަސްޓަމަރުން ކުރާ އެކި ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންނަށް ފައިސާގެ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ބީއެމްއެލް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގޭނެއެވެ. އަދި މީގެ އިތުރުން، މުޅި ޕްރޮމޯޝަން ނިމުމުން ހޮވޭ ބޮޑު އިނާމު (ގްރޭންޑް ޕްރައިޒް) ގެ ނަސީބުވެރިޔާއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ކޮންމެ ހަފުތާއަކު ކުރިއަށްދާ ގުރުއަތުލުމުގައި ފަސް ނަސީބުވެރިން ހޮވުމަށް...</description>
ބައިނޭންސް އިން 6.3 ބިލިއަން ވަގަށް ނެގީ އުތުރު ކޮރިއާއިން: އެފްބީއައި
                    <description>ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރެންސީ އެކްސްޗޭންޖު، ބައިނޭންސް އަށް އަމާޒުކޮށް ހިންގި ސައިބާ ހަމަލާގެ ފަހަތުގައިވަނީ އުތުރު ކޮރެއާއާ ގުޅުން އޮތް 'ޓްރޭޑާޓްރެއިޓާ' ކިޔާ ގުރޫޕަކުން ކަމުގައި އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބައިބިޓް ޕްލެޓްފޯމުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި ގްރޫޕެވެ. 
ޑިޖިޓަލް ފައިސާގެ ތާރީހުގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގައި ބައިނޭންސްގެ ވޮލެޓުތަކުން 6.3 ބިލިއަން އެމެރިކާ ޑޮލަރުވަނީ ވަގަށް ނަގާފައެވެ. އެކި ބްލޮކްޗެއިން ނެޓްވޯކްތަކުގައި ހުރި ބައިނޭންސްގެ ވޮލެޓުތަކުން މިހާ ބޮޑު އަދަދެއްގެ ފައިސާ ގެއްލިފައިވަނީ އެންމެ 20 މިނެޓެއްހާއިރުގެ ތެރޭގައިކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ބައިނޭންސް އަށް ކުރިމަތިވި 6.3 ބިލިއަން ޑޮލަރުގެ ބޮޑު ހެކް ހަމަލާއިން ގެއްލުނު ފައިސާގެ 90 ޕަސެންޓް ޓޯކަންސް ކުންފުނީގެ ފައިސާއިން ގަނެ މިހާރު އިއާދަކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި 10...</description>
ޗާގޯސް މައްސަލަ: ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި
                    <description>ދިވެހިރާއްޖެއާއި ޗާގޯހާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނުގެ ނަމަކީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" އެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރައްވާފައެވެ.
މި ކޮމިޝަން އުފައްދަން ނިންމީ، އިޓްލޮސްގައި ހިނގައިދިޔަ "މޮރިޝަސް އަދި ރާއްޖޭގެ" މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް އައްޔަނުކުރެވުނު ބައިނަލްއަގުވާމީ ހަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ...</description>
މަސްތުވާތަކެއްޗާއެކު ތިނަދޫއިން ހައްޔަރުކުރި 4 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
                    <description>ތިނަދޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑްރަގް އެންފޯސްމަންޓާ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާ، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްގެ އިތުރުން ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ އަޙްމަދު ހާޝިމް (36އ) ގދ. ތިނަދޫ، މިނިވަން އައްސޭރި، އަތޫފް އަހްމަދު (25އ) ގދ. ތިނަދޫ، ވެހަފުލާ، ނާޖިދު އަބްދުﷲ (42އ) ގދ. ތިނަދޫ، ވިލާޑީލައިޓް ގެ އިތުރުން މުހައްމަދު ޝާއިފް ޖަލީލް (18އ)،ގދ. ގައްދޫ / ފުސްފަރާގެއެވެ. 
ފުލުހުން ބުނީ މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމް ކަމަށެވެ. އަދިމި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 
ފުލުހުން އަންނަނީ...</description>
މީހެއްގެ އެކައުންޓުން 63,000 ދިވެހި ރުފިޔާއާއި، 21,000 ޑޮލަރު ފޭރުނު ހަތަރު މީހަކު ހައްޔަރުކޮށްފި
                    <description>ސްކޭމްކޮށްގެން މީހެއްގެ ބޭންކް އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ފޯނުން ގުޅައިގެން އޯޓީޕީ (ވަން-ޓައިމް ޕާސްވޯޑް) ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކް އެކައުންޓަށް އެކްސެސް ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މަކަރާއި ހީލަތުން އެ އެކައުންޓުން 63,000 ދިވެހި ރުފިޔާއާއި، 21,000 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
އިބްރާހީމް ޝާރިފް (34އ)، ގޯލްޑަންގޭޓް، ޏ. ފުވައްމުލައް، ދޫޑިގަން
ޖިނާހު އަހްމަދު (29އ)، މަތަރެސްމާގެ، ފ. ފީއަލި
އިބްރާހީމް މުއާޒު (38އ)، ނަޒުމު، ފ. ނިލަންދޫ
އަލީ ދާއިން (21އ)، ލިލީނައިޓް، ލ. ގަން، މަތިމަރަދޫ
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މީހުންގެ ތެރެއިން...</description>
އެސްއެމްއީތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފި
                    <description>ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
ގައުމީ ބޭންކުން މިއަދު ހާމަކުރި ގޮތުގައި، މި ފުރުސަތު ހުޅުވާލުމާއެކު ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް، ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ތަނެއްގައި ތިބޭ ކަސްޓަމަރުންގެ އަތުންވެސް ފަސޭހަކަމާއެކު ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މީގެއިތުރުން، މި ހިދުމަތުގެ ދަށުން ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ އޮންލައިން ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކުމުގެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.
މި ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ޕޯޓަލް މެދުވެރިކޮށެވެ. ބީސީސީ މެދުވެރިކޮށް ބޭންކަށް ރިފަރަލް ލިބުމުން،...</description>
ފަތުރުވެރިކަމުން ލިބުނު ޓެކްސް އިތުރުވެ ދައުލަތުގެ އާމްދަނީ 33 ބިލިއަން ރުފިޔާއަށް
                    <description>ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކްސް އާމްދަނީއަށް އައި ހެޔޮ ބަދަލާއެކު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެއެވެ. މިއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީއާއި، ބިން ހިއްކުން ފަދަ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ކުރި ހޭދަ ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 33.36 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 ޕަސެންޓްގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސިއްރަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 9.8 ޕަސެންޓް މައްޗަށް ދިއުމެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް...</description>
ދީން ސިޔާސީ ހަތިޔާރަކަށް އެމްޑީޕީން ހަދާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
                    <description>މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ޕާޓީގެ އަސްލު އުސޫލުތަކާ ދުރަށް ދަތުރުކުރަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ ކުރިން ހުޅުވާލެވިފައިވާ ވިސްނުންތަކަށާއި، ތަފާތު ހިޔާލުތަކަށް ޖާގަދިނުމާއި، ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަށް ވަކާލާތުކުރި ޕާޓީއެއް ކަމަށެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމާއި، ހައްދުފަހަނައެޅި ގައުމިއްޔަތުކަމުގެ ވާހަކަތައް ދައްކާ ޕާޓީއަކަށް އެމްޑީޕީ ބަދަލުވަމުންދާ މަންޒަރު ކަމަށެވެ. މިއީ އެ ޕާޓީ އުފެދިގެން އައި އިރު އޮތް އަސާސްތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީއާ މުޅިން ހިލާފު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބުތަކުން ކާމިޔާބު ހޯދޭނީ ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން ކަމަށް އެމްޑީޕީގެ އެތެރޭގެ ގިނަ ބަޔަކު މިހާރު ގަބޫލުކުރަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ އަމަލުތަކުގެ...</description>
ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަހައްމިއްޔަތުކަން ދޭންޖެހޭ: މެޑަމް ސާޖިދާ
                    <description>ނަފްސާނީ ދުޅަހެޔޮކަމަކީ ފުރިހަމަ މުޖުތަމައެއް ބިނާކުރުމުގެ މައިގަނޑު އަސާސް ކަމަށާއި، ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން އެކަމަށް ވެސް ހަމަހަމަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ނޮވެމްބަރު 1 އިން 2 އަށް ކުރިއަށްދާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ މައްސަލަތަކުގައި އެހީ ހޯދުމަކީ ބަލިކަށިކަމެއްގެ ބަދަލުގައި ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ބަލައިގަންނަ، އަދި ތަފާތުކުރުންތައް ނައްތާލާފައިވާ އޯގާތެރި މުޖުތަމައެއް އޮތުމުގެ މުހިންމުކަން ހާމަކުރެއްވިއެވެ.
މަންމައެއްގެ ހައިސިއްޔަތުން ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެކަމަނާ ވިދާޅުވީ، ކިޔެވުމުގެ ޕްރެޝަރާއި އޮންލައިން މަންސަތަކުގެ ނުފޫޒުން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ގޭތެރެއިންނާއި ސްކޫލް މާހައުލުން އެކުދިންނަށް...</description>
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޔޫތު އެންޓެޕްރެނިއާ ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި
                    <description>ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ "ޔޫތު އެންޓެޕްރެނިއާޝިޕް ފައިނޭންސިން" ގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަންނަން މިއަދު ފަށައިފިއެވެ.
މި ފައިނޭންސިން ފެސިލިޓީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުންގެ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށާއި، އެ ޒުވާނުން ބާރުވެރިކުރުވައި، ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ހާއްސަ ސްކީމެކެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ އަތުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު 7 ޕަސެންޓްގެ ކުޑަ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ޖުމްލަ 5...</description>