ހުޅުމާލޭގައި ބަޑި ހިފައިގެން އުޅުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެނުނީ ކުޅޭކުޅޭ ބަޑިތަކެއްކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އެ ވީޑިއޯއާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ވަނީ ވަރަށް ބޮޑަށް ބަލައި ތަހުގީގުކޮށްފައެވެ. އެގޮތުން, މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިކަން ފުލުހުންނަށް ވަނީ ދެނެގަނެވިފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައިކަމަށެވެ.
އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުރުކޮށްފައިވާކަމަށާއި، ކާރު ދުއްވަން އިން މީހާއާ ސުވާލުކުރުމުން، އެއީ ކުއްޔަށް ދޫކޮށްފައިވާ ކާރެއްކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާކަމަށެވެ.
ފުލުހުން ބެލިބެލުމުން، އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ އެއްވެސް ނުރައްކާތެރި ހަތިޔާރެއް ނޫން ކަމަށާއި، އެއީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ޔަގީންކުރެވިފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެއީ ވީޑިއޯއެއް ކުޅުމުގެ (ޝޫޓް ކުރުމުގެ) ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށް އެ މީހާ ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައާ ގުޅުންހުރި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ކުރިއަށްގެންދަންޖެހޭ އިތުރު ތަހުގީގުތައް ދަނީ ކުރަމުންނެވެ.
