ދ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، ދ. އަތޮޅު ރިސޯޓެއްގެ މޫދުގައި ހަބަރު ހުސްވެފައި އޮތް ފަތުރުވެރިޔަކު ފެނިގެން، އެ މީހާ އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާތަނަށް ހިއްސާކޮށްފައި ނުވެއެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، އިތުރު މައުލޫމާތު ލިބުމުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެ މީހާ މަރުވިކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި ކަށަވަރު ކޮށްދީަފއި ނުވެއެވެ.
