"ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި އަޑިޔަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން އެއްކޮށް 6000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލު ބަލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފާ ނުވާކަމަށެވެ.
ފުލުހުން ބުނީ މި ސަޕްލައި ދޯންޏަކީ އޯގަސްޓް 5 ވަނަ ދުވަހުގެ ފަތިހު ތ. މަޑިފުށިން ފުރައިގެން ދަތުރުކުރި ދޯންޏެއްކަމަށާއި، މި ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރުކަމަށެވެ.
އެ ދޯނި އަޑިއަށް ދިޔައިރު، އޭގައި އަށް މީހުން ތިބިއިރު އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި މުހައްމަދު ހަމްދޫން (35 އަހަރު)، އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޕޮލިސް ސާޖަންޓު އަލީ ނާފިއު (33 އަހަރު)، އަދި އެމްއެންޑީއެފްގެ ސާޖަންޓު އިބްރާހީމް އަހްމަދު (39 އަހަރު) އެވެ.
ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.
