ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ފުލުހުންގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ. އަދި ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ފުލުހުންނަށް މި ތަކެތި ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ފަރާތުން އެންރިކޯ ބޮނިންގް ސެނާއާއި، މިހްޔާ އަލް ނިފެއިޑީއެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވަނީ މި ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތަކަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ޑްރަގް ކިޓް ހަދިޔާ ކުރަނީ

މިއަދު މި ހަވާލުކުރެވިގެންދިޔަ 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެއް ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. މީގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގެޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫއެންއޯީސީގެ އިސް ބޭފުޅުން ވަނީ ބައިވެރވެވަޑައިގެންފައެވެ.