ދިވެހި ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދެއްވި 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ހިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުލަ މި އަހަރު 20 އޮފިސަރަކަށް ލިބިފައެވެ. އެ އޮފިސަރުންނަކީ:

  1. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިހާމް
  2. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު
  3. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަލީ
  4. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ފަޒީން
  5. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ހުސައިން
  6. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދު
  7. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ހަނީފް
  8. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ނަސީރު އިބްރާހީމް
  9. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހާރޫން އަލީ
  10. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ބުޝްރީ
  11. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޖުތަބާ ޒާހިރު
  12. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ފިރުޝާން އަލީ
  13. އިންސްޕެކްޓާ އޮފް ޕޮލިސް ނާފިއު އިބްރާހީމް މަނިކު
  14. އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ނަޝީދު
  15. އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިގްބާލް
  16. އިންސްޕެކްޓާ އޮފް ޕޮލިސް އިލްޔާސް އަބްދުﷲ
  17. ސަބް-އިންސްޕެކްޓާ އޮފް ޕޮލިސް ޔަމަން އަލީ
  18. ސަބް-އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިބްރާހީމް
  19. ސަބް-އިންސްޕެކްޓާ އޮފް ޕޮލިސް މޫމިނާ މޫސާ
  20. ސަބް-އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ރަމީޒް

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 އޮފިސަރަކަށްވެސް ވަނީ އަރުވާފައެވެ. އެ ފަރާތްތަކަކީ:

  1. އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު
  2. އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރަޝީދު
  3. އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާން
  4. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު
  5. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް
  6. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ސާމީ
  7. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ އަބްދުއްސައްތާރު

މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.