ށ. ކަނޑިތީމުގެ މަގުތަކާއި މީހުން އެއްވެ އުޅޭ އާންމު ތަންތަނުގައި އުޅޭއިރު، އިސްލާމީ މަތިވެރި އަހުލާގާއި ދިވެހި ސަގާފީ މިންގަނޑުތަކަށް ފެތޭނޭހެން ހެދުން އެޅުމަށް އެ ރަށު ކައުންސިލުން މިއަދު ބާރުއަޅައިފިއެވެ.

މީގެ ކުރިން ސީދާ ދިވެހި ރައްޔިތުންނަށް އަމާޒުކޮށް، މިފަދަ ގޮތަކަށް އަދަބުވެރިކަމާއެކު ހެދުން އެޅުމަށް ކައުންސިލަކުން އަންގާފައެއް ނުވެއެވެ.

ނަމަވެސް ށ. ކަނޑިތީމު ކައުންސިލުން މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ކަނޑިތީމަކީ އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ރީތި އާދަކާދަތަކަށް ބޯލަނބާ، އެކުވެރި މުޖުތަމައެއް އޮތް ރަށެއް ކަމަށެވެ. އެހެންކަމުން، ރަށުގެ އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމުގެ ގޮތުން، ހުރިހާ ފަރާތްތަކުންވެސް އަދަބުވެރިކަމާއެކު ހެދުން އެޅުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

https://web.facebook.com/kanditheemucouncil/posts/pfbid032cwXd5GxwLEBRqnRb8Z1bk7UxQsXn6embVfMGPHttfBZTWrZ9ha5aR6SevWkCTDxl

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި، ފަތުރުވެރިންނަށް އަމާޒުކޮށް މިފަދަ އިރުޝާދުތައް ދިނުމަކީ އާންމު ކަމެކެވެ.