ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް 2 އާ ދިމާލުން އޮންނަ މަގު މަރާމާތުކުރުމުގެ މަސައްކަތެއް ކުރުމަށް ޓަކައި އެ މަގު ބަންދުކުރަން ހަމަޖެހިފައިވާތީ އެމްޓީސީސީގެ ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިކަން އަންގާ އިއުލާނުކޮށް ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނީ 16 ޖޫން އިން ފެށިގެން 25 ޖޫން 2026 ގެ ނިޔަލަށް ރޭގަނޑު 00:00 އިން ފަތިހު 05:00 އަށް ކަމަށެވެ.
އެހެންކަމުން އެއާޕޯޓު ބަސް ރޫޓުތަކަށް މި މުއްދަތުގައި ވަގުތީ ބަދަލެއް ގެންނަން ނިންމާފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މި މުއްދަތުގައި ފަސިންޖަރުން އަރުވާ ބާލާނީ އާންމުކޮށް ބަސް ހުއްޓާތަނުގެ ބަދަލުގައި ސައިކަލު ޕާކިން ސަރަހައްދަށް ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމްރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ވީހާވެސް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
