ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އެމްޑީ ފަޒްލީ ރަބީ އާއި 36 އަހަރުގެ އެމްޑީ ޝަހަޖަން ސަވަލްއެވެ.
ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ސަފާރީއަށް އެރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެ ވަގުތު އެ މި ދެ މީހުން ސަފާރީގެ ޑެގް މަތީގައި ހަދާފައި ހުރި ކޮޓަރިއަކަށް ވަނުމާއެކު ފުލުހުން އެ މީހުން ބަލައި ފާސްކުރިއިރު، އެކެއްގެ ސޯޓު ޖީބުން މަނާ ބޭސް ކަމަށް ބެލެވޭ 10 ގުޅަ ވަނީ ފެނިފައެވެ. އަދި އެ ކޮޓަރީގައި ހުރި ލަކުޑި ފޮއްޓެއްގެ ތެރެއިންވެސް އިތުރު 24 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބަޔާން ދީފައި ވެއެވެ.
މީގެ އިތުރުން، އެ ކޮޓަރީގެ ތެރެއިންނާއި، ސަފާރީގެ ވަތު އަޑިން އަދި އިންޖީނުގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅި ފުލުހުން ވަނީ ހޯދާފައެވެ.
ހަމަ އެހެންމެ ހައްޔަރުކުރި އެމްޑީ ޝަހަޖަންގެ ޖީބުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާއިރު، އެ ބަނގުރަލަކީ ވިއްކުމަށްޓަކައި މީހަކު ދިން ތަކެތި ކަމަށާއި، އޭގެއިން މަންފާ ހޯދާ ކަމަށް އޭނާ ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. ދި ދެ މީހުންގެ ވެސް ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައެވެ.
މި މައްސަލައިގައި އެމްޑީ ރަބީ 16 ދުވަހަށް އަދި އެމްޑީ ޝަހަޖަން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަ
