މަސްދޯންޏެއްގައި މަހަށް ދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.

ނިޔާވެފައި ވަނީ އޭޝިޔާ / ގދ.ގައްދޫ، އިސްޙާޤު ރަޝީދު (44އ) އެވެ.

ފުލުހުން ބުނީ، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، 7 ޖޫން 2026 ވަނަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން، ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.