މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ހަރަކާތްތެރިވަމުން ދާކަމަށެވެ.
ފުލުހުން ބުނީ މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުން ދާކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ލައިފްޖެކެޓު އަޅައިގެން މީހުން މޫދުގައި ތިބި މަންޒަރުވެސް ފެނެއެވެ.
