ގއ. ވިލިގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި ފުލުހުންގެ ބަންދުގައި ހުރެ ފަރުވާ ހޯދަމުންދިޔަ މީހަކު ފިލައިގެން އުޅެނިކޮށް، އަނބުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ސިއްހީ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލާފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ފިލުމުން ފުލުހުން ވަނީ އޭނާ ހޯދާފައި ކމަށް ބުނެއެވެ. ނަމަވެސް އޭނާ ފިލި ވަގުތާއި ހޯދި ވަގުތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މީހާ ހޮސްޕިޓަލުން ފިލާފައިވަނީ ފުލުހުންގެ ސަމާލުކަން ކުޑަވި ވަގުތެއްގެ ބޭނުން ހިފައިގެންނެވެ. އާންމު ގޮތެއްގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭއިރު، އެ މީހުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ގާޑުން ހަރަކާތްތެރިވަމުން ދެއެވެ. އެހެންނަމަވެސް، މި ހާދިސާގައި އޭނާ ފިލަން މެދުވެރިވި ސީދާ ސަބަބާއި، އެ ވަގުތު ހޮސްޕިޓަލުގެ ސެކިއުރިޓީ ކަންކަން ހުރި ގޮތުގެ ތަފްސީލެއް އަދި އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ ބަންދުން ފިލުމަކީ ގާނޫނީ ގޮތުން ވަކި ކުށަކަށް ވާއިރު، މިކަން ހިނގުމާއެކު، ގއ. ވިލިގިލީގައި ހަރަކާތްތެރިވާ ފުލުހުން ވަނީ ވަގުތުން އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. އަދި ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމަށްފަހު، އޭނާ ހޯދ އިރު އެކަމަށް ހޭދަވީ ކިހާ ވަގުތެއްކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި މައްސަލަ މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
