ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި، މާލެ ކަސްޓަޑީގައި ބަންދުގައި ހުރި މީހަކު ނިޔާވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި މާލެ ކަސްޓަޑީގައި ހުރި މީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި، ހަބަރު ހުސްވެފައި އޮއްވާ، ފެމިއަދު މެންދުރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު، ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ނިޔާވެފައިވަނީ ނ. ވެލިދޫ / ވަނީ، މުހައްމަދު އަލީމަނިކު (45) އެވެ. އޭނާ އަކީ، ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.