މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވެފައި އޮތްވާ ފެނިފައިވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ.
އޭނާ ކަސްޓޯޑިއަލް ޖަލު ގޮޅީގެ ތެރެއަށް ވެއްޓިފައި އޮތްވާ ފެނިގެން މިއަދު ހަވީރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި އެންއައިސީއަށްވެސް ހިއްސާކޮށްފައިވާއިރު އެންއައިސީން ބުނީ، އެކަން ހިނގާ ދިޔަގޮތް ދެނެގަތުމަށް އެ ކޮމިޝަންގެ ކުއްލި ހާލަތުގައި އިޖާބަ ދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ނުކުރެއެވެ.
އެ ހާދިސާ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ނަވްޝާދު ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
